ރާއްޖޭގައި ހަމަހަމަކަމާއެކު ދައުލަތުން ގާނޫނު ހިންގަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ މަބްދައުތައް މަތިވެރިކޮށް އިސްލާމީ ސަގާފަތާއި އަގީދާ ކުރިއަރުވަން ޖެހޭ ކަމަށެވެ.



"އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ދައުލަތުން ޤާނޫނު ހިންގަން ޖެހޭ." އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް ބޮޑެތި ފާފާތަކަށް އަރައިގަތުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ކަންބޮޑުވާންޖެހޭ ދަރަޖައަކަށް އިތުރުވެފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި މިފަދަ ކަންކަމާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ގިނަ ބަޔެެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އޭގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ މީސްމީހުންނާއި އެފަދަ މީސްމީހުންނާ ގުޅުން ހުރި މީހުން ހިންގާ ޖަރީމާތަކާއި ފާހިޝްކަންކަން ބެލުމުގައި ކަމާބެހޭ އިދާރާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު