މި އަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖެއިން މިއަހަރު ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު މިދިޔަ ހަފްތާގައި 157 ހައްޖުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއަދުގެ ފްލައިޓުން 175 ހައްޖުވެރިން ރާއްޖެ އަންނާނެ ކަމަށާއި، ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް އަންނާނީ މި ހިނގާ ޖުލައި މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ހައްޖުވެރިންގެ ދެވަނަ ގްރޫޕް އަންނާނީ މިއަދު ހެނދުނު 10:28 ގައެވެ.
ހައްޖުވެރިންނަށް ހާއްސަކޮށް ހިދުމަތް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ.
އަދި ހައްޖާޖީން ބަލާ އެއަރޕޯޓަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހާއްސަކޮށްފައިވާ ވެހިކަލްތަކުގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން އޮންނާނެ ކަމަށާއި އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު މަޖައްސަންޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު