އަހުމަދު މަސްނޫމް   23 ޖުލައި 2022 - 9:18
ޔޯގާ ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ފުލުހުންގެ އިދާރާއަަށް ހާޒިރުވާން އަންގައިފި އެވެ.

ޝެއިހް ފަޒްލޫން ފުލުހަށް ހާޒިރުކުރަނީ މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު އެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ފަޒްލޫންގެ ވަކީލާ ހަވާލުކޮށްފައެވެ. ޝެއިހް ފަޒްލޫން ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ތަހުގީގަށް ކަމަށް ފުލުހުން އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވެއެވެ.

ޝެއިހް ފަޒްލޫން ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށާއި އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް ޝަރުތުކޮށްފައިވެއެވެެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އޭނާ އަށް އަންގާފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިނަ ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު