ޔޯގާ ހަރަކާތް ހުއްޓުވި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ދޫކޮށްލަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފިއެވެ.
ޝައިހް އާދަމް ނިޝާން ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިންޑިއާއިން އިންތިޒާމް ކޮށްގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ. ޝައިހް ނިޝާންގެ އިތުރުން އައްޝައިހް ފަޒްލޫން މުހައްމަދު އެމައްސަލަ އާއި ގުޅިގެން މަހެއް ހާ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އިއްޔެ ވަނީ ޝަރުތުތަކަކާއިއެކު ދޫކޮށްލާފައެވެ.
ޝައިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިރޭ ވިދާޅުވީ ޝައިޚު ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް ކަމަށެވެ. އަނިޔާވެެެރި ޢަމަލަކަށް ޝެއިހް އާދަމް ނިޝާން ތާއިދުކުރައްވާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
"ޝައިޚު ނިޝާން މިނިވަންކުރަންޖެހޭ. ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން." ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.ޝަހީމް ވިދާޅުވިއެވެ.
ޔޯގާ ހުއްޓުވި މައްސަލައިގައި ޝައިހް ނިޝާނާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އަދިވެސް އިތުރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 22, 2022
"ޝައިޚު ނިޝާން މިނިވަންކުރަންޖެހޭ. ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން." ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ.ޝަހީމް ވިދާޅުވިއެވެ.
ޔޯގާ ހުއްޓުވި މައްސަލައިގައި ޝައިހް ނިޝާނާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އަދިވެސް އިތުރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު