ކާބަން ނިއުޓްރަލް ވުމަށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ދެއްވައިފިއެވެ.
އެކަމަަނާ މިޔަގީންކަން ދެއްވީ ވައިގެ ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުމުގެ އަމާޒުގައި އިކާއޯއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގެ ވައިސް ޗެއަރޕަރސަންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަރާތުން ދެއްވި ސްޓޭޓްމަންޓުގައެވެ.
މިނިސްޓަރ ނަހުލާ ދެއްވި މި ސްޓޭޓްމަންޓްގައި ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންދަނީ މޫސުމީ ބަދަލުތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކާއެކުގައިކަން ވަނީ ފާހަގަކުރަށްވާފައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ގެދޮރަށް އެތައް ގެއްލުމެއް ލިބެމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކަކީ ޖައްވަށް ވިހަ ގޭސް އެންމެ މަދުން ބޭރުކުރާ ގައުމުތައް ކަމަށެވެ. އެހެންނަމަވެސް މިކަމުގެ އެންމެ ނޭދެވޭ އަސަރެއް ކުރަނީ އެމީހުންނަށް ކަމަށް ނަހުލާ ވިދާޅުވިއެވެ.
ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރަމުންދާކަން ހާމަކުރަށްވަމުން ނަހުލާ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުމަށް އިކާއޯއިން ކުރަމުންދާ މަސައްކަތަށްވެސް ރާއްޖެއިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި އެއްބާރުލުން ދެމުންދާނެ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު