މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކުރާ ހުއްދައާ ޚިލާފަށް ކޯސްތައް ހިންގާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާއި، އެފަދަ މައްސަލަތައް ބަލައި އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ އެއޮތޯރިޓީން ދީފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއޮތޯރިޓީން ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފަށް، މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށް އާންމު ފަރާތްތަކުން އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. މިފަދަ ޝަކުވާތަކުގެ ތެރޭގައި، އޮންލައިންކޮށް ހިންގުމަށް އެމްކިއުއޭއިން ހުއްދަ ނުދޭ ކޯސްތައް އޮންލައިންކޮށް ހިންގާކަމަށް ބައެއް ފަރާތްތަކުން އިސްތިހާރު ކުރަމުންދާ މައްސަލަތަކެއް ހުށައަޅާފައިވާކަމަށްވެސް އެއޮތޯރިޓީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންވަނީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފު ޢަމަލެއްކަން ފާހަގަކޮށް މިގޮތަށް ފާހަގަވާ މައްސަލަތައް އިތުރަށް ބަލައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.
ރާއްޖޭގައި ހިންގާ ކޯސްތައް، ޤައުމީ ސަނަދުގެ މިންގަނޑުތަކަށް ލެވެލްކުރުމާއި، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަދޭ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއެެވެ.

ކިޔުންތެރިންގެ ހިޔާލު