ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ފުލުހުންގެ ހާޒިރުގައި މީހަކަށް އިންޒާރުދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ މި ހާދިސާ ކުރިމަތި އަންހެން ކުއްޖާއެވެ. ޓްވީޓަރގައި ވީޑިއޯ ހިއްސާކުރަމުން އަންހެން ކުއްޖާ ބުނީ އޭނާއާއި އޭނާގެ ރަށްޓެއްސަކު މަގުމަތިން ދަނިކޮށް ފިރިހެނަކު ޖިންސީ ގުނަވަން ދައްކާ ފުރައްސާރަކުރިކަމަށެވެ.

އަންހެން ކުއްޖާ ބުނީ ފުރައްސާރަކުރި މައްސަލައިގައި އެމީހާ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން އެތަނުގައި ހުރެވެސް އިންޒާރު ދީ ފުރައްސާރަކުރިކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭނެ ވީޑިއޯތަައްވެސް ވަނީ އާއްމުކޮށްފައެވެ.



އަންހެނުން ކުއްޖާ ވީޑިއޯތައް އާއްމުކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފުލުހުންގެ މަރުކަޒެއް ތެރޭގައި ފުލުހުންގެ ހާޒިރުގައި މިފަދަ ކަމެއްް ހިންގުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުންޏެވެ. އަދި ފުލުހުންނަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައިވަނީ އިއްޔެ މާފަންނު ޕޮލިސް ސްޓޭޝަންގައެވެ. ނަމަވެސް ފުލުހުން މިކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު