މައްސަލައެއްގައި މިހާރު ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގިރިއާއެކު ލިވާޠުކުރި މީހުންގެ ތެރޭގައި ސްކޫލްތަކުގެ ޓީޗަރުން ހިމެނޭކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ތުހުމަތުކުރައްވައިފިއެވެ.
އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަމްގިރިއާއެކު ލިވާޠުކުރި މީހުންގެ ތެރޭ މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން ހިމެނޭކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއަށްވެސް އެކަން އެނގޭއިރު އެމީހުންނާމެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ ވިދާޅުވެ ޒައިދު ސުވާލު ކުރެއްވިއެވެ.
ޒައިދު ވިދާޅުވީ ދަރިވަރުންގެ ސަލާމަތަށްޓަކައި އެމީހުން ވަކިކުރަންޖެހޭކަމަށާއި އެފަދަ މީހުން ހިމާޔަތްކޮށްގެން ނުވާނެކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި އަލަމްގިރިއާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް އެ ވީޑިއޯތަކުން ފެންނަ މީހުން ހިންގި އަމަލުތަކާއި ގުޅޭގޮތުން ތަހުގީގެެއް ހިންގާކަމެއް ނޭނގެއެވެ. ވީޑިއޯ ތަކުން ފެންނަ ބަނގްލަދޭޝްގެ އަލަމްގިރި ފުލުހުން ހައްޔަރުކުރީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަލަމްގިރިއާއެކު ލިވާޠުކުރި މީހުންގެ ތެރޭ މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން ހިމެނޭ އިރު، އަދި މިނިސްޓްރީ އަށް ވެސް އެކަން އެނގޭ އިރު އެމީހުންނާމެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ؟
— Ali Zaid (@alizaid1000) July 22, 2022
ދަރިވަރުންގެ ސަލާމަތަށްޓަކައި އެމީހުން ވަކިކުރައްވާ!
މިފަދަ މީހުން ހިމާޔަތްކޮށް ނުވާނެ!
ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި އަލަމްގިރިއާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް އެ ވީޑިއޯތަކުން ފެންނަ މީހުން ހިންގި އަމަލުތަކާއި ގުޅޭގޮތުން ތަހުގީގެެއް ހިންގާކަމެއް ނޭނގެއެވެ. ވީޑިއޯ ތަކުން ފެންނަ ބަނގްލަދޭޝްގެ އަލަމްގިރި ފުލުހުން ހައްޔަރުކުރީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު