އިންޑިއާގެ އާ ރައީސަކަށް ދްރޫޕަދީ މުރްމޫ އިންތިހާބުވުމާ ގުޅިގެން އެކަމަނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ އާ ރައީސާ އަށް ތަހުނިޔާ ފޮނުއްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މުރްމޫގެ ތަޖުރިބާއާއެކު އިންޑިއާއިން އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށެވެ. އަދި އެކަމަނާގެ ޒައާމަތުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.



މުރްމޫ އަކީ އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ގުޅިފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓެކެވެ. އެކަމަނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ޔުނައިޓެޑް އޮޕޮސިޝަންގެ ކެންޑިޑޭޓް ޔަޝްވަންތު ސިންހާ ބަލި ކުރެއްވުމަށްފަހުއެވެ.

އިންޑިއާގެ ރައީސް އިންތިޚާބު ކުރަނީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއާއި މަތިގޭގެ އިތުރުން، ސަރަހައްދީ ޕާލަމެންޓުތަކުގެ ގާތްގަނޑަކަށް 4،000 މެމްބަރުން ވޯޓު ދީގެންނެވެ.

އެގޮތުން މިހާތަނަށް ގުނުނު ވޯޓުން 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު މުރްމޫ ވަނީ ކާމިޔާބުކުރަށްވާފަ އެވެ. މުރްމޫ މަގާމުގެ ހުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

އުމުރުފުޅުން 64 އަހަރުގެ މުރްމޫ އަކީ އިންޑިއާގެ ރައީސް ކަމަށް އިންތިހާބުވި ދެވަނަ އަންހެން ރައީސެވެ. އަދި މިއީ އިންޑިއާގެ 15 ވަނަ ރައީސްމެވެ.



ކިޔުންތެރިންގެ ހިޔާލު