އެލްސިއޯން ބޭކަރީގެ ބާނީ މ. އެލްސިއޯން، ހަސަން މަނިކު (ދުނބުރި ހަސަން މަނިކު) މިރޭ އަވަހާރަވެއްޖެ އެވެ.

ހަސަން މަނިކު އަވަހާރަވީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 81 އަހަރެެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

މަޝްހޫރު އެލްސިއޯން ބޭކަރީއަކީ ހަސަންމަނިކުގެ ވިޔަފާރިއެކެވެ.

އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހަސަން މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ.

ހަސަން މަނިކަކީ ފަގީރުންނާއި ނިކަމެތިންނަށް އަޅާލެއްވި، އެކަމުގައި ނަމޫނާ ދެއްކެވި ހިތްޕުޅު ހެޔޮ ބޭފުޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މާފަންނު ދުނބުރި މިސްކިތަކީ ހަސަންމަނިކުގެ ހަރަދުގައި އަަޅުއްވާފައިވާ މިސްކިތެކެވެ. ހަސަން މަނިކުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މާދަމާގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.



ކިޔުންތެރިންގެ ހިޔާލު