އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިއާ ބްރޭންޑްގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ މި ފޯނަކީ ޖުލައި 18 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފޯނެއްކަމަށެވެ. ނޯކިޔާ ފޯނެއްގެ އިތުރުން މަގުމަތިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އަތުކުރީ ގަޑިއަކާއި 700 ރުފިޔާވެސް ފުލުހުންގެ ބިމާޔަތުގައި އެބައޮތްކަމަށް ފުލުހުން ބުނެއެވެ.
މިތަކެތީގެ އިތުރުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަންވެސް ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ފެން މޯޓަރަކާއި ޑިސްކޯ ލައިޓަކާއި އެމެޖެންސީ ލައިޓަކާއި ބައިސްކަލެކެވެ.
ފުލުހުން ވަނީ މިތަކެއްޗާއި ގުޅޭ އިންސިޑެންޓް ނަމްބަރާއި ތަކެއްޗާއި ހަވާލުވާން ދާންވީ ޕޮލިސް ސްޓޭޝަންތަކުގެ މައުލޫމާތު ފުލުުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު