އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އިން ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއަރއަކަށް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިންތިހާބުވެވަޑައިގެންފިއެވެ.
މިނިސްޓަރ ނަހުލާ ހޮވިވަޑައިގަތީ ކެނެޑާގެ މޮންޓްރިއަލްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމަށެވެ. މި ބައްދަލުވުމުގެ ވައިސް ޗެއާޕާސަންގެ މަގާމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވަނީ އިންތިޚާބްކޮށްފައެވެ.
މި މަޤާމަށް މިނިސްޓަރ ނަހުލާ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅީ ސިންގަޕޫރުންނެވެ. އެ ހުށަހެޅުމަށް ތާއީދުކުރީ ގްރީސްއިންނެވެ.
މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ އެންދުން މަދުކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނާއި ގައުމުތަކުގެ ކަމާގުޅޭ ވަޒީރުން ބައިވެރިވާ މިބައްދަލުވުމުގެ މުހިއްމު ނިންމުންތައް އިކާއޯގެ ކުރިއަށް އޮތް އާންމު ބައްދަލުވުމަށް ހުށަހަޅައި، ގޮތްތަކެއް ނިންމާނެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މި ދަނޑިވަޅަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އެވީއޭޝަން ދާއިރާއިން ފިޔަވަޅު އަޅަންވީ ވަގުތުކަމަށާއި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި އެހެން ދާއިރާތަކަުން ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި ކާބަން ނިއުޓްރަލް ވުމަށް އިކާއޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރަން ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަން ހާމަކޮމުރަށްވާފައެވެ.

Minister @aishath_nahula delivered the country statement at the @icao High-level Meeting on the feasibility of a long-term aspirational goal for international aviation CO₂ emissions reductions held in Montreal. (1/4) pic.twitter.com/K1QJQ11Abe
— Ministry of Transport and Civil Aviation (@MoTCAmv) July 21, 2022
މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ އެންދުން މަދުކުރުމާއި ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނާއި ގައުމުތަކުގެ ކަމާގުޅޭ ވަޒީރުން ބައިވެރިވާ މިބައްދަލުވުމުގެ މުހިއްމު ނިންމުންތައް އިކާއޯގެ ކުރިއަށް އޮތް އާންމު ބައްދަލުވުމަށް ހުށަހަޅައި، ގޮތްތަކެއް ނިންމާނެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މި ދަނޑިވަޅަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އެވީއޭޝަން ދާއިރާއިން ފިޔަވަޅު އަޅަންވީ ވަގުތުކަމަށާއި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި އެހެން ދާއިރާތަކަުން ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ރާއްޖެކަން ފާހަގަކުރައްވައި ކާބަން ނިއުޓްރަލް ވުމަށް އިކާއޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރަން ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަން ހާމަކޮމުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު