ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ޑޮލަރު ހޯދަން އިއުލާނު ކުރެވުނީ ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ ތެރޭގައި ކުރި މުއާމަލާތްތަކުގައި އެރި އޮޅުމަކުންކަމަށް އެ ކުންފުނިން ބުނުމުން އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހު ހަޖޫ ޖައްސަވައިދިއެވެ.
އާރުޑީސީއަށް ޑޮލަރު ހޯދަން ކުރި އިއުލާނަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެކުންފުންޏަށް އަމާޒުވެފައެވެ. ފާޑު ކިޔުންތައް އަމާޒުވުމުން އާރުޑީސީން ވަނީ އެ އިއުލާން ގެޒެޓުން ނަގާފައެވެ.
މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން މުދާ ގެންނަން ދޭތެރެއަކުން ޑޮލަރު ހޯދަން ޖެހޭ ކަމަށާއި އާންމުކޮށް ޑޮލަރު ހޯދުމުގެ ކަންކަން ހަމަޖައްސަނީ ފައިނޭންސް ޑިޕާޓްމެންޓުން ކަމަށެވެ. ނަމަވެސް އެ ޑިޕާޓްމެންޓްގެ ގިނަ ބަޔަކު ޗުއްޓީގައި ތިބުމުން އެކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ޑޮލަރު ހޯދަން އެސްއޯއީތަކުން ކުރިން އިއުލާނުކުރާތީ، އާރުޑީސީން އެ އިއުލާނު ނެރުނީ މިހާރު ވެސް އަމަލުކުރަނީ އެ އުސޫލުގެ ދަށުން ކަމަށް ހީކޮށްކަމަށް އޭނާ ވިދާޅުވިއެވެ.
އާރުޑީސީން ޑޮލަރު ހޯދަން އިއުލާންކުރެވުނީ އޮޅުމަކުންކަމަށް ބުނުމުން އެކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މަމްދޫހް ވަނީ އާރުޑީސީގެ އެމްޑީގެ މަޤާމުގައި ހުންނެވި މޫސާ ޢަލީމަނިކު (މޫކޭ) މަޤާމުގައި ހުންނެވީ އަނެއްކާ އޮޅުމަކުންތޯ ވިދާޅުވެ ހަޖޫ ޖައްސަވާފައެވެ.
"އާރުޑީސީގެ އެމްޑީއަކަށްވެސް ތިޔަހުންނެވީ އަނެއްކާ ،އޮޅުމަކުންތޯ؟" މާލެ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓްގެ މަޤާމުގައި ހުންނެވި މަމްދޫން ވިދާޅުވިއެވެ.
ފާޑު ކިޔުން އަމާޒުވި އާރުޑީސީގެ އިއުލާން ވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އަންގާފައެވެ.
ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ހޯދުން ފިނޭންސް މިނިސްޓްރީން ވަނީ ހުއްޓުވައިފައެވެ. އަދި އެމްއެމްއޭ މެދުވެރިކޮށް ކުންފުނިތަކަށް ޑޮލަރު ހޯދުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު