ތަރައްގީގެ ބައެއް މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ޤަވާއިދާއި ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ޤަވާއިދުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުށަހަޅަންޖެހޭ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިންގ ރިޕޯޓްތައް ބައެއް ފަރާތްތަކުން ގަވާއިދުން ހުށައަޅަމުން ނުދާކަމަށެވެ.
އީޕީއޭއިން ބުނީ މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ އެޖެންސީން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށްފަހު ފެއްޓި ތާރީހް އެ އެޖެންސީންއަށް ލިޔުމުން އަންގަންޖެހޭއިރު، އެކަންވެސް ބައެއް ފަރާތްތަކުން ނުކުރާކަމަށެވެ. އަދި މޫސުމީ ސަމާލުތަކަށް ބަލައި މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތަކުގައިވެސް ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.
އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވިހާވެސް ކުޑަކުރުމަށް މަޝްރޫއުތައް ހިންގާ ފަރާތްތަކުން އީޕީއޭއިން ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އީޕީއޭއިން އިއްޔެވެސް ވަނީ އީއައިއޭ ރިޕޯޓާއި ހިލާފުވެގެން ތަރައްޤީގެ މަޝްރޫޢެއް ހުއްޓާލަން އަންގާފައެވެ. އެގޮތުން ހުއްޓާލަން އެންގީ ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލަން އެންގީ ސީދާ ކޮން ސަބަބަކާއި ހެދިކަމެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.

Press release regarding the reminder for project proponents to submit monitoring reports in accordance with the EIA regulation 2012. pic.twitter.com/BWrlARagP7
— EPA Maldives (@EPAMaldives) July 21, 2022
އީޕީއޭއިން ބުނީ މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ އެޖެންސީން ދޫކުރަމުންދާ ހުއްދަތަކުގައި ބުނެފައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ފެއްޓުމަށްފަހު ފެއްޓި ތާރީހް އެ އެޖެންސީންއަށް ލިޔުމުން އަންގަންޖެހޭއިރު، އެކަންވެސް ބައެއް ފަރާތްތަކުން ނުކުރާކަމަށެވެ. އަދި މޫސުމީ ސަމާލުތަކަށް ބަލައި މަސައްކަތް ހުއްޓާލަން ޖެހޭ ހާލަތްތަކުގައިވެސް ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.
އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވިހާވެސް ކުޑަކުރުމަށް މަޝްރޫއުތައް ހިންގާ ފަރާތްތަކުން އީޕީއޭއިން ދޫކުރާ ހުއްދަތަކާއި އެއްގޮތަށް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އީޕީއޭއިން އިއްޔެވެސް ވަނީ އީއައިއޭ ރިޕޯޓާއި ހިލާފުވެގެން ތަރައްޤީގެ މަޝްރޫޢެއް ހުއްޓާލަން އަންގާފައެވެ. އެގޮތުން ހުއްޓާލަން އެންގީ ހުޅުދޫ އާއި ހުޅުމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލަން އެންގީ ސީދާ ކޮން ސަބަބަކާއި ހެދިކަމެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު