އިންޓަނޭޝަނަލް ޔޯގާ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ފަޟްލޫން ހައްޔަރުން މިއަދު ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ހައްޔަރުން ދޫކޮށްލާފައިވަނީ، މާލެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެންގުމަށާއި، އޭނާ ދިރިއުޅެމުންދާ ގޭގެ މައުލޫމާތު ކޯޓަށް އެންގުމަށާއި، ދިރިއުޅެމުންދާ ގެ ބަދަލުވެއްޖެނަމަ އެކަން އެންގުމަށްވެސް ޝަރުތު ކުރުމަށްފަހުއެވެ. މީގެ އިތުރުން ފުލުހުން ހިންގާ ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ ޝެއިހް ފަޟްލޫންގެ މައްޗަށް ޝަރުތުކޮށްފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ދީނީ ދެ އިލްމުވެރިއަކު ހިމެނޭއިރު، ޝެއިން ނިޝާން އަދިވެސް ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ. ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު