ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ށ. އަތޮޅުގައި ފަށަން އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނީ، ފުޅާކުރަމުން އަންނަ އެ ހިދުމަތް ށ. އަތޮޅުގައި ފަށަން ނިންމާފައިވަނީ މި މަހުގެ 31 ގައި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ދާނީ އެއް ހަފުތާގެ ޓްރައިލް ދަތުރުތައް ކަމަށާ އަދި އޭގެ ހަފުތާއެއްގެ ތެރޭގައި ރަސްމީ ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އާރްޓީއެލް ފެރީގެ ހިދުމަތަކީ ރާއްޖެ ތިން ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ހިދުމަތެއް ކަމަށްވާއިރު ޒޯން 01 ގައި ހިމެނޭ ހއ، ހދ. ގައި މި ހިދުމަތް މިހާރު ވަނީ ފަށާފައެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ކުރިޔަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ބަހުގެ ހިދުމަތް ވެސް ދެއެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް އެ ހިދުމަތް ފެށުމަށް އެމްޓީސީސީން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު