މަރާމާތަށް ބަންދު ކޮށްފައިވާ އޮލިމްޕަސް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އާޓްސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ރަސް އޮންލައިން" އަށް ވިދާޅުވީ އޮލިމްޕަހުގައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިޔަށް އެބަ ދާކަމަށެވެ. އަދި އެތަނުގައި ކުރަންހުރި ބައެއް މަސައްކަތްތައް ލަސްވެގެން ދިޔައީ އެ މަސައްކަތްތަކާ ހަވާލުވި ކޮންޓްރެކްޓަރުންނަށް އެ މަސައްކަތްތައް ފުރިހަމަ ކުރެވެން ނެތްކަމަށް އެންގުމުން ކަމަށެވެ.
އެގޮތުން އެކޯސްޓިކް މެޓީރިއަލް ފަދަ މަސައްކަތްތައް ހަވާލު ކުރި ކޮންޓްރެކްޓަރަށް އެކަން ވާން ނެތްކަމަށް އެންގުމުން، އެފަދަ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، އެނޫން ގިނަ ތަކެތި މިހާރު ވެސް ރާއްޖެ ގެނެވިފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ ކަސްޓަމްސްއިން ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ، އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނިންމާލެވޭނެކަމަށް ލަފާ ކުރާ ކަމަށާއި އެހާ ހިސާބުގައި މަސައްކަތް ނިންމާލެވުމުން އެތަނުގައި ފިލްމު ދައްކަން ފެށޭނެކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ސަރުކާރުން ކުރިޔަށް ގެންދާ މި މަޝްރޫއު ކޮވިޑާއި ގުޅިގެން ދިމާވި ކަންކަމުގައި މަޑުޖެހުނު ނަމަވެސް، މިހާރު ދަނީ ބާރަށް ކުރިޔަށެވެ. ނަމަވެސް، އެ ޕްރޮޖެކްޓް ލަސްވަމުން ދާކަމަށާއި އެ މަސައްކަތް ނިންމަން މިނިސްޓްރީން މަސައްކަތް ނުކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ހަވީގަތެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.
ރާއްޖޭގެ އެންމެ ގިނަދުވަސްވީ ސިނަމާގެ ގޮތުގައި މަޝްހޫރުވެފައިވާ އޮލިމްޕަހަކީ ދިވެހި ފަންނާނުން އުފައްދާ ފިލްމްތަކާއި ދިވެހި ފަންނާނުންގެ މުނިފޫހި ފިލުމުގެ އެކި ކަހަލަ ޝޯތަކާއި ހަފުލާތަކަށް ޚާއްޞަކޮށްފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު