ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުން ލިބުނު ފްލެޓް ދޫކޮށް ވިނަރެސް ފްލެޓަށް ބަދަލުވާން 80 ފަރާތަކުން އެދިފައިވާއިރު މިހާރު ކުރިއަށްދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕެލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް މުހައްމަދު އާރިފް ވިދާޅުވީ ހިޔާ މަޝްރޫއުން ލިބުނު ފްލެޓް ދޫކޮށް މި ސަރުކާރުގެ ހައުސިން މަޝްރޫއު "ވިނަރެސް" އިން ފްލެޓް ބޭނުންވެގެން ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 80 ފަރާތެެއް މިހާރު އޮތީ ވިނަރެސް އަށް ބަދަލުވާން ސޮއިކުރުމުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެެ.
އާރިފް ވިދާޅުވީ ހިޔާ ފުލެޓުން 80 ފަރާތެެއްގެ ޖާގަ ހުސްވުމުން އެތަންތަން މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްސަ ކުރެވޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ވިނަރެސް މަޝްރޫއުގެ ދަށުން ގުޅީފަޅުން ގޯތި ގަތުމަށް ފައިސާ ދެއްކި މީހުންނަށް ފުލެޓް ލިބޭނެ ކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން ހިޔާ އިން ފުލެޓް ލިބުނު ފަރާތްތަކާއި ގުޅީފަޅުން ގޯތި ގަންނަން ފައިސާ ދެއްކި ގާތްގަޑަކަށް 70 ނުވަތަ 80 މީހުންނަށް ވިނަރެސް ފްލެޓް ހަމަޖެހިފައިވާއިރު މިހާރު ކުރިއަށް ދަނީ ސޮއިކުރުމުގެ މަރުހަލާ ކަަމަށް އާރިފް ވިދާޅުވިއެވެެ.
ހިޔާ ފްލެޓަށްވުރެ މި ސަރުކާރުގެ ވިނަރެސް ފްލެޓްތަކުގެ ޖާގަ ތަނަވަސްވެފައި ބޮޑުވާނެ ކަމަަށް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ. ވިނަރެސް ފްލެޓްތަކުގެ ކުލި އުޅެނީ 17،000 ރުފިޔާ ގައެެެވެ. މި ފްލެޓަށް ބަދަލުވާން އެދޭ ފަރާތްތަކުން އެޗްޑީސީ އިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެ ފޯމުގައި ވިނަރެސް މަޝްރޫއަށް ބަދަލުވާން އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތަތައް ބަޔާންކޮށްފައި ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުން ސްކްރީން ކުރެވި ހޮވޭ ފަރާތްތަކަށް ވިނަރެސް އަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް ނިންމައި އެޗްޑީސީ އާއި މިހާރު ވަނީ ފުލެޓްތައް ހަވާލުކޮށްފައެވެ. ވިނަރެސްގައި 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. އެޗްޑީސީން ވިނަރެސްގެ ދެ ޓަވަރަކާ ރަސްމީކޮށް ހަވާލުވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެެވެ.

ކިޔުންތެރިންގެ ހިޔާލު