ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ ކެމެރާ ހަރުކޮށްފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިހާތަނަށް 4 ޓަވަރެއްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޖުމްލަ 768 ކެމެރާ ހަރުކޮށްފައިވާކަމަށެވެ. އެއީ ކޮންމެ ޓަވަރެއްގައި 192 ކެމެރާއެވެ.



އެޗްޑީސީން ބުނީ ބާކީ ހުރި 12 ޓަވަރުގައި ވެސް ސެކިއުރިޓީ ކެމެރާ ހަރުކުރަމުން އަންނަ ކަމަށެވެ. އަދި އެ ކެމެރާތައް ހަރުކުރުމުން ހިޔާ ސަރަހައްދުގައި 3000 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރަމުންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކުރީ ދެ ކުންފުންޏަކާއެވެ. އަދި ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ކަންކަން ވަށި ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު