ސްރީލަންކާގެ ރައީސްކަމުގެ މަޤާމަށް އައްޔަންކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދެއްވި ރަނިލް ވިކްރަމަސިންހަ މަޤާމުގެ ހުވާކުރެއްވުން މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ގޮތަބަޔާ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސްކަމުގެ މަޤާމަށް ރަނިލް އައްޔަންކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ 134 މެމްބަރުންގެ ބޮޑު އަޤްލަބިއްޔަތަކުންނެވެ. އޭނާއާ ވާދަކުރެއްވި ކެނޑިޑޭޓަށް ލިބިވަޑައިގަތީ 82 ވޯޓެވެ.
ޤާނޫނު ހަދާ މަޖިލީހުގެ އިދާރާއިން ބުނީ ލަންކާގެ ރައީސްކަމުގެ ހުވާ ރަނިލް ކުރެއްވުން އޮންނާނީ މާދަމާ ޤާނޫނު ހަދާ މަޖިލީހުގައިކަމަށެވެ. އެއާއެކު ރަނިލް ވެގެންދާނީ ސްރީލަންކާގެ 8 ވަނަ ރައީސަށެވެ. ރައީސްކަމުގެ ހުވާކުރެއްވުމާއެކު ޤާނޫނު ހަދާ މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދަވާ ގޮނޑި ހުސްވާނެއެވެ. އަދި އެ ގޮނޑިއަށް އޭނާގެ ޕާޓީގެ ބޭފުޅަކު އައްޔަންކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
ރަނިލް މިއަދު ވަނީ ސަލާމަތީ ބާރުތަކުގެ ބައެއް އޮފިސަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ބޭފުޅުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
ލަންކާގަައި އައު ރައީސަކު އައްޔަންކުރުމުންވެސް ބައެއް ފަރާތްތަކުން ވަނީ މަގުމައްޗަށް ނިކުމެ އަޑު އުފުލާފައެވެ. ނަމަވެސް މާ ގިނަ ބަޔަކު މުޒާހަރާތަކަކަށް ނުނިކުމެއެވެ. ބައެއް މީހުންގެ ޝަކުވާއަކީ ރާޖަޕަކްސަގެ އާއިލާއަށް ރަނިލް އެހީތެރިވެދޭކަމުގެ ޝަކުވާއެވެ.

ކިޔުންތެރިންގެ ހިޔާލު