މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދުތަކުގެ މަންޒަރުތަށް ވަގުތުން ބެލޭނެ ފަދަ، މުޅި މާލެސިޓީ ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިސްކިތް ތަކާއި، ޕާކު ތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ޤާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާހު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިސްކިތްތަކާއި ޕާކްތައް ބެލެހެއްޓުމަށް ޤާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާހްކޮށްދެއްވީ ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލެ ސިޓީގެ ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢުއަކީ ހަތަރުވަނަ ދައުރުގެ ކައުންސިލާއެކު ކަނޑައަޅައި ރައްޔިތުން އާނބަސްބުނި ލަނޑުދަނޑިތަކުގެ މުހިއްމު އެއް އަމާޒެވެ.
ފިޔަވައްސަކަށްފަހު ފިޔަވައްސެއް ނިންމުމަށް ކަނޑައަޅައި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މާލޭ ސިޓީގެ މާލެއާއި ވިލިމާލޭގެ ޖުމްލަ 39 މިސްކިތުގެ މަންޒަރުތައް ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސެންޓަރުން މިހާރު ބަލާލެވޭނެއެވެ. ޕާކުތަކުގެ ތެރެއިން ލޮނުޒިޔާރަތް ޕާކްގެ އިތުރުން ސަލްޓަން ޕާކް ވެސް ވަގުތުން ފެންނާނެހެން މި ނިޒާމުގެ ތެރެއަށް ގެނެވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މާލެ އަދި ވިލިމާލޭގެ ހުރިހާ ޕާކުތަކެއް މިނިޒާމުން ގުޅާލެވޭނެއެވެ.
މާލެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލެ ވިލިމާލޭގެ މިސްކިތްތަކާއި ޕާކުތައް ސީސީޓީވީ ނިޒާމުން ގުޅާލެވިފައި ވުމުން މިހާރު މިސްކިތްތަކާއި ޕާކުތަކުގައި ހިނގާ ނޭދެވޭ ކަންކަން މާލެ ސިޓީކައުންސިލަށް ވަގުތުން ބެލި ފިޔަވަޅު އެޅޭނެއެވެ.
މާލެ ސިޓީ ކައުންސިލުން މާލޭގެ މިސްކިތްތަކާއި ޕާކުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ކުރުން ހުއްޓުވުމަށާއި އަދި ޕާކުތަކުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށެވެ.
މި މަސައްކަތާއި ގުޅިގެން މޭޔަރު ވިދާޅުވީ މި ވަސީލަތާއެކު މާލޭގެ މިސްކިތްތަކާއި ޕާކުތައް ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ބެލެހެއްޓެމުންދާނެކަމަށެވެ.
"މިސްކިތްތައް ބެލެހެއްޓުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް، އެހެން ވީމާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދަކީ މިސްކިތްތައް 24 ގަޑިއިރު ބެލެހެއްޓުން." މޭޔަރ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސަރުކާރުން އެއްވެސް ދަތިތަކެއް ކުރިމަތި ނުކުރުވާނަމަ މާލެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފަސޭހަ ކަމާއިއެކު ފުއްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވާ ވަޢުދަކީ އަޅުގަނޑުމެން ފުއްދާނެ ވަޢުދެއް. އަޅުގަނޑުމެންނަށް ސަރުކާރުން ހުރަސް ނާޅަންޏާ ނޫނީ އެކަމުގައި ދަތިތަކެއް ކުރިމަތި ނުކުރައްވަންޏާ." މޭޔަރ ވިދާޅުވިއެވެ.
މިސްކިތްތަކާއި ޕާކުތަކުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ނިޒާމް ޤާއިމު ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ތެރެއިން ޚަރަދު ކޮށްގެން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިސްކިތައް މިހާރު އެވަނީ ކޮންމެ ވަގުތަކުވެސް ކައުންސިލަށް ބަލާލެވޭނެ ފަދައިން ކަމަށާއި، ކައުންސިލްގެ މުވައްޒަފުން އެތަނުގައި 24 ގަޑިއިރު ތިއްބަވާނެ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މިއާއިއެކު މި މުހިންމު މަސައްކަތް ކުރިއަށް ގެންދަވާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ފުލުހުންގެ އެއްބާރުލެއްވުމާއި އެކުގައި ކަމަށާއި، އެގޮތުގެ މަތިން މިސްކިތްތަކާއި ޕާކު ފަދަ ތަންތަނުގައި ހިނގާ ނޭދެވޭ ކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ބޭނުމަކީ ރައްޔިތުންނަށް ތެދުވެރި އިޚުލާސްތެރި މަސައްކަތް ތަކެއް ކޮށްދެއްވުން ކަމަށެވެ. އަދި މި ފެށުނު މަސައްކަތުގެ ނަތީޖާއަކަށް ވާނީ މިސްކިތްތަކަކީ އަމާން މަންޒިލް ތަކަކަށް ވެގެން ދިއުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީގެ ސީސީޓީވީ މޮނިޓަރިންގް ނިޒާމް އިފްތިތާހު ކުރެވުނު ނަމަވެސް މި މަޝްރޫޢުގައި ހުޅުމާލެ ނުހިމެނޭނެއެވެ. އެއީ މޭޔަރު ވިދާޅުވިފަދައިން ހުޅުމާލެ އަކީ އަދި މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކޮށް އޮތްތަނެއް ކަމުގައިވާތީއެވެ. އެހެން ނަމަވެސް މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކާއި ޕާކުތައް 24 ގަޑިއިރު ބެލެހެއްޓެމުން ދާނެއެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލެ ވިލިމާލޭގެ މިސްކިތްތަކާއި ޕާކުތަކާއި ސީސީޓީވީ ނިޒާމުން ގުޅާލެވިއްޖެ.
— Male' City Council (@MaleCitymv) July 19, 2022
މިސްކިތްތަކާއި ޕާކުތަކުގައި ހިނގާ ނޭދެވޭ ކަންކަން މާލެ ސިޓީކައުންސިލަށް ވަގުތުން ބެލި ފިޔަވަޅު އެޅޭނެ.މި ނިޒާމުން މުޅި މާލެ ގުޅާލެވޭނެ. pic.twitter.com/jG6SyJiHCN
މާލެ ސިޓީ ކައުންސިލުން މާލޭގެ މިސްކިތްތަކާއި ޕާކުތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ކުރުން ހުއްޓުވުމަށާއި އަދި ޕާކުތަކުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށެވެ.
މި މަސައްކަތާއި ގުޅިގެން މޭޔަރު ވިދާޅުވީ މި ވަސީލަތާއެކު މާލޭގެ މިސްކިތްތަކާއި ޕާކުތައް ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ބެލެހެއްޓެމުންދާނެކަމަށެވެ.
"މިސްކިތްތައް ބެލެހެއްޓުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް، އެހެން ވީމާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދަކީ މިސްކިތްތައް 24 ގަޑިއިރު ބެލެހެއްޓުން." މޭޔަރ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސަރުކާރުން އެއްވެސް ދަތިތަކެއް ކުރިމަތި ނުކުރުވާނަމަ މާލެ ސިޓީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފަސޭހަ ކަމާއިއެކު ފުއްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވާ ވަޢުދަކީ އަޅުގަނޑުމެން ފުއްދާނެ ވަޢުދެއް. އަޅުގަނޑުމެންނަށް ސަރުކާރުން ހުރަސް ނާޅަންޏާ ނޫނީ އެކަމުގައި ދަތިތަކެއް ކުރިމަތި ނުކުރައްވަންޏާ." މޭޔަރ ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ މާލެ ސިޓީ ރައްޔިތުންގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިން.
— Male' City Council (@MaleCitymv) July 20, 2022
އިތުރު ފޮޓޯތައް.👇https://t.co/FyXiTuJeMn pic.twitter.com/Q2rArXcRtO
މިސްކިތްތަކާއި ޕާކުތަކުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ނިޒާމް ޤާއިމު ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ތެރެއިން ޚަރަދު ކޮށްގެން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މިސްކިތައް މިހާރު އެވަނީ ކޮންމެ ވަގުތަކުވެސް ކައުންސިލަށް ބަލާލެވޭނެ ފަދައިން ކަމަށާއި، ކައުންސިލްގެ މުވައްޒަފުން އެތަނުގައި 24 ގަޑިއިރު ތިއްބަވާނެ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މިއާއިއެކު މި މުހިންމު މަސައްކަތް ކުރިއަށް ގެންދަވާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ފުލުހުންގެ އެއްބާރުލެއްވުމާއި އެކުގައި ކަމަށާއި، އެގޮތުގެ މަތިން މިސްކިތްތަކާއި ޕާކު ފަދަ ތަންތަނުގައި ހިނގާ ނޭދެވޭ ކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ބޭނުމަކީ ރައްޔިތުންނަށް ތެދުވެރި އިޚުލާސްތެރި މަސައްކަތް ތަކެއް ކޮށްދެއްވުން ކަމަށެވެ. އަދި މި ފެށުނު މަސައްކަތުގެ ނަތީޖާއަކަށް ވާނީ މިސްކިތްތަކަކީ އަމާން މަންޒިލް ތަކަކަށް ވެގެން ދިއުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީގެ ސީސީޓީވީ މޮނިޓަރިންގް ނިޒާމް އިފްތިތާހު ކުރެވުނު ނަމަވެސް މި މަޝްރޫޢުގައި ހުޅުމާލެ ނުހިމެނޭނެއެވެ. އެއީ މޭޔަރު ވިދާޅުވިފަދައިން ހުޅުމާލެ އަކީ އަދި މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކޮށް އޮތްތަނެއް ކަމުގައިވާތީއެވެ. އެހެން ނަމަވެސް މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކާއި ޕާކުތައް 24 ގަޑިއިރު ބެލެހެއްޓެމުން ދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު