މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން، “އިންސްޓްރަކްޓަރ ޓްރޭނިންގ ޕްރޮގްރާމް” މިއަދު މާފުށީ ޖަލުގައި ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތަކީ 15 ދުވަހެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅެވެ. ކޮމިޝަނަރގެ އިތުރުން މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް މޫސާ އަންވަރު، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ޕްރިޒަން އޮފިސަރުން، އެމީހަކާއި ގުޅޭ ދާއިރާއަކުން ނުވަތަ އެނޫންވެސް ދާއިރާއަކުން އެމީހަކު ދަސްކޮށްފައިވާ ޢިލްމާއި ފަންނީ ހުނަރެއް އެހެންބަޔަކަށް އުނގަންނައިދިނުމުގެ ހުނަރާއި ޤާބިލްކަން ލިބިދިނުމާއި މިރޮނގުން ހުނަރުވެރި މުދައްރިބަކު އުފެއްދުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ މިއަދަކީ ވަރަށް މުހިއްމު މަސައްކަތެއްގެ ފެށުން ކަމުގައި އާއި އެ މުވައްސަސާއާ އަލަށް ގުޅޭ ފަރާތްތައް ތަމްރީންކުރުމަށްޓަކައި ތަމްރީންވާ ފަރާތްތަކަށް ޙަވާލު ކުރެވެނީ ވަރަށް މަތިވެރި އަމާނާތަކާއި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ ރަނގަޅު، ޕްރޮފެޝަނަލް ވޯކް ފޯސްއެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށެވެ. މިކަން ރަނގަޅުކުރުމަށްޓަކައި އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާކުރެވި، މިއަދު މި ފެށުނު ކޯހުގެ ބައިވެރިންނަކީ އައިކޯސްޓްއިން އޮފިސަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ހޮވާލެވުނު އޮފިސަރުން ކަމަށްވާތީ އެކަމަށް ފަޚުރުވެރި ވާންޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި ތަމްރީން ޕްރޮގްރާމުން ދަސްވާ އެއްޗެހީގެ ޢަލީގައި ކުރިއަށް އޮތްތާނގައި ތަމްރީންކުރާ އޮފިސަރުންނަކީ ވީހާވެސް ޕްރޮފެޝަނަލް އަދި ޤާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެކަމަށް ޢުންމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް މެނޭޖިން އޮފިސަރސް ޕަރފޯމަންސް، ލެސަން ޕްލޭން، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ރިސްކް މެނޭޖްމަންޓް، ކްލާސްރޫމް މެނޭޖްމަންޓް، ފުޓް ޑްރިލް، އޮބްޖެކްޓިވް ރައިޓިންގ، ފަސްޓް އެއިޑް އަދި ޓީޗިން ޕްރެކްޓިސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު