ހުޅުދޫއާއި ހުޅުމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލަން އަންގައިފިއެވެ.
މި މަޝްރޫޢުތައް ހުއްޓާލުމަށް އަންގާފައިވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންނެވެ.
އީޕީއޭއިން ބުނީ ހުޅުދޫ އަދި ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހުއްޓާލަން އެންގީ އެމަސައްކަތް ކުރިއަށްގެންދިއުމަށް ދޫކޮށްފައިވާ އީއައިއޭ ރިޕޯޓާއި ހިލާފަށް މަސައްކަތްކުރަމުންދާތީ ކަމަށެވެ. އެހެންކަމުން ކަމާއި ގުޅުންހުރި ގަވާއިދުތަކުގެ ދަށުން، އެ މަޝްރޫޢުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިއަދު އަންގާފައިވާކަމަށް އީޕީއޭއިން ބުނެއެވެ.
އީޕީއޭއިން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބައެއް ޕްރޮޖެކްޓްތައް ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުރިއަށްގެންގޮސްގެން މީގެކުރިންވެސް އީޕީއޭއިން އަންގައިގެން ހުއްޓާލާފައި އެބަހުއްޓެވެ.

ނޫސް ބަޔާން: ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅޭ pic.twitter.com/30G6JF18sA
— EPA Maldives (@EPAMaldives) July 20, 2022
އީޕީއޭއިން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބައެއް ޕްރޮޖެކްޓްތައް ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުރިއަށްގެންގޮސްގެން މީގެކުރިންވެސް އީޕީއޭއިން އަންގައިގެން ހުއްޓާލާފައި އެބަހުއްޓެވެ.
ކިޔުންތެރިންގެ ހިޔާލު