ވެރިކަންކުރާ ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް 400 އަށްވުރެ ގިނަ ގޮފި އުފައްދަން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 19 ވަނަ ދުވަހުއެވެ. އުސޫލުތަކުގައިވާ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ، މިމަހުގެ 15ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ 419 ގޮފި އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި މިހާރު ހުރި ގޮފިތަކުގެ ތެރެއިން އަލުން އެކުލަވާލަންޖެހޭ ގޮފިތަކާއި މުޅިން އަލަށް ހުށަހަޅާފައިވާ ގޮފިތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ގޮފިތަކުގެ އެޕްލިކޭޝަންތަކުގެ ޞައްޙަކަން މިމަސް ނިމުގެކުރިން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށާއި ކޮންގްރެސްގައި 400 އަށްވުރެ ގިނަ ގޮފިން ތަމްސީލްކުރާނެކަމަށް އުއްމީދުކުރާކަމަށެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި މުހިއްމު ގިނަ ކަންތައްތަކެއް ނިމިގެންދާނެކަމަށް ބެލެވެއެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމުން އެކަށީގެންވެއެވެ. މީގެއިތުރުން ބައެއް މަޤާމްތަކަށް ބޭފުޅުން އިންތިހާބުކުރުންވެސް ކޮންގްރެސްގެ ތެރެއިން ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު