ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ ވިޔަވަޅު ނާޅާ ނުހުންނަވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުންހިންގުމުގެ އަމަލު ހިންގާ ބައެއްގެ ވީޑިއޯތަކެއް އާންމުވިނަމަވެސް، އެމީހުން ހައްޔަރު ކޮށްފައި ނުވާ މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ހާއްސަކޮށް ހޯމް މިނިސްޓަރަށް އަމާޒުވެފައި ވަނިކޮށް އިމްރާން މިއަދު ވިދާޅުވީ، ދީނުގެ ހުދޫދެއް ނެތި، ގައުމުގެ އިޖުތިމާއީ ފޭރާން ވީދާ، ﷲ ގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމަ، ގާނޫނީ ހަމަތަކުގެ މަތީން އަޅަންވާ ފިޔަވަޅު އެޅުމަކީ ނުކޮށް ދޫކޮށް ނުލައްވާނެ ކަމެއް ކަމަށެވެ.



ލީކުކޮށްލާފައިވާ ބަދުއަހުލާގީ ވީޑިއޯތަކާ ފޮޓޯތަކުގެ މައްސަލާގައި އެ ކަންކުރި މީހުން ހައްޔަރު ނުކުރާތީއާއި، އަދި ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ އިލްމުވެރިން އަދިވެސް ދޫކޮށްލާފައި ނުވާތީ، ދީނީ ގިނަ އިލްމުވެރިންނާއި އާންމު ގިނަ ރައްޔިތުން ވެސް ނުރުހުން ވެފައިވާއިރު އެ ނުރުހުން އަމާޒުވި އެއް ބަޔަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއެވެ. އެ ޕާޓީއަށް ދީނީ އިލްމުވެރިންގެ ފަރާތުން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ޝެއިޚް އިމްރާން ގެންދަވަނީ ޓްވިޓާގައި އެ ކަންކަމަށް ރައްދު ދެއްވަމުންނެވެ.

ނަމަވެސް، އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ނޫން މީހަކު އެ މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު