ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާ އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ.

އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މެޓް އޮފީހުންވަނީ ވިއްސާރަވެ ފެން ބޮޑުވެދާނެ ކަމަށާއި، އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ.

އެލަރޓް ނެރެފައިވަނީ މިއަދު ފަތިހު 05:45 އިން ފެށިގެން 11:45އަށެވެ.



ކިޔުންތެރިންގެ ހިޔާލު