މިސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މަސައްކަތަކީ ތައުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ޙަވާކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުން ތަޢުލީމަށް ދޭ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ، ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިންކަމަށެވެ. އަދި ދަރިން ތަޢުލީމީގޮތުން ޤާބިލް މޮޅުބަޔަކަށްވާން ނޭނދޭނެ އެކަކުވެސް ނުހުންނާނެކަމަށާ، އެކަން ދަނެ އެކަންކަމުގެ މައްޗަށް ފަހިކޮށް ސިޔާސަތުތައް ބައްޓަންކޮށް ފުރުސަތުތައް ފަހިކުރެއްވުމަކީ ސަރުކާރުތަކުން ކުރަންޖެހޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން. މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިންނަކީ، ޢިލްމުވެރިން ކަމަށްނުވިޔަސް، އެމީހުންގެ ދަރިން ޢިލްމުވެރިވެ މޮޅުވެގެން ހިނގައިދާނެ. ކެރިކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް، ދަރިންނަށް އެ ފުރުޞަތު ލިބުމަށް ނޭދޭ ހަމަ އެއްވެސް ރައްޔިތަކު ނުހުރޭ. ރައްޔިތުންގެ މި ދެންނެވި ބޭނުމާއި މުހުތާދު އޮންނަކަން ދެނެގަނެ، ޤައުމުގެ ސިޔާސަތު އޭގެ މައްޗަށް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް. އެ ސަބަބަށްޓަކައި ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް." ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މަސައްކަތަކީ ތައުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެކަން ހާސިކުރުމަށްޓަކައި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދެވޭނެ ނިޒާމެއް ޤާއިމުކޮށް ސެޓަލައިޓް ސްކޫލާއި އެނޫންވެސް އެކި ވަސީލަތްތައް ފަހިކޮށްދެއްވާފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ނިންމަވައި ސަރުކާރުން އެމަސައްކަތް ފެށީވެސް އެ މަޤުސަދު ޙާސިލްކުރުމަށްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
"މި ސަރުކާރުގެ ފުރަތަމަ އަހަރުގައި، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް އަޅުގަނޑުމެން ތަޢާރަފްކުރިން. މިއަދާ ހަމައަށް 14711 ދަރިވަރުންނަށް މި ޕްރޮގްރާމުން ވާނީ ފުރުޞަތު ހޯދައިދީފައި. އަދި 4696 ދަރިވަރުން ފުރަތަމަ ޑިގްރީއާއެކު މި ސްކީމުގެ ދަށުން ދަސްވެނިވެއްޖެ. އަޅުގަނޑު ދަންނަވާހެން މަތީ ތަޢުލީމްގެ އުސް ހަރުފަތަކީ ހުސްވެ ކޮޅުންލާނެ އެއްޗެއް ނޫން. އެ ސަބަބަށްޓަކައި، ވީ ވަޢުދާ އެއްގޮތަށް ލޯނު އެހީގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް 2019 ވަނަ އަހަރުވާނީ އެ ދަރިވަރުންގެ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާޖް 5 ޕަސެންޓުން 3 ޕަސެންޓަށް ކުޑަކޮށްދީފައި. އަދި މިދިޔަ މާޗް މަހު ވާނީ މި ޗާޖް 1 ޕަސެންޓަށް ކުޑަކޮށްދީފައި." ރައީސް ވިދާޅުވިއެވެ.
ދަރިވަރުންނާއި މުހާތަބްކުރައްވާ ރައީސް ވިދާޅުވީ އަބަދުވެސް ޤައުމާ ދޭތެރޭގައި ވިސްނާ ޒުވާނުންތަކަކަށް ދަރިވަރުން ވާންޖެހޭކަމަށާއި ޤައުމު މިހާރު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތަކާމެދު އަބަދުވެސް ފިކުރު ހިންގާންޖެހޭކަމަށެވެ. އަދި އެ ބަދަލު ޤައުމަށް ގެނެވޭނީ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަންކުރުވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ތިޔަ ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާއާ ތިޔަ ކުރިމަތިލަނީ، ދުނިޔޭގެ ތާރީޚުގައިވެސް އަދި ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ނާޒުކް ދަނޑިވަޅެއްގައި. މި ހުރިހާ ދުވަހު މައިންބަފައިންނާއި ބެލެނިވެރިންގެ ހިޔާވަހިކަމުގެ ތެރޭގައި އުޅެމުން އައިއިރު، ރާއްޖެއާއި މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ކަންތައް ތިޔަ ކުދިންނަށްވެސް އިޙްސާސް ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިޔައީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ދަރިވަރުން ހަނދާނުގައި ބަހައްޓަންވާނެކަމަށެވެ. އަދި ކޮންމެ ބިމެއްގައި، ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށްވުރެ ބޮޑަށް، ދަރިވަރުންގެ ހިތު މިޞްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދަށް ހަނދާނުގައި ބަހައްޓަންވާނެކަމަށްވެސް ދަރިވަރުންނާއި މުހާތަބްކުރައްވާ ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު