އެމްޑީޕީގެ ޗެއަރޕާސަން ނާއިބުކަމުގެ މަގާމުގެ އިތުރު ދައުރަކަށް ކުރިމަތިނުލައްވައި، އެހެން ބޭފުޅަކަށް ތާއީދުކުރެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީގެ މަގާމުގައި ހުންނެވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ނިންމަވައިފިއެވެ.
އަލީ ނިޔާޒު މިގޮތަށް ނިންމަވާފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލުމާ ގުޅިގެންނެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ނައިބް އިދާރީގެ ގޮތުގައި ހުންނެވި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވިދާޅުވީ ޗެއާޕާސަަން ނައިބު މާާލީގެ މަގާމުގައި 3 އަހަރު އަދި ނާއިބް އިދާރީގެ މަގާމުގައި 5 އަހަރު ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތިނުލައްވާން ނިންމާފައިވާކަމަށެވެ. އަދި ޗެއާރޕާސަން އިދާރީގެ މަޤާމަށް އިބްރާހިމް ވަޙީދު އިންތިހާބުކުރަން ތާއީދުކުރަށްވަން ނިންމާފައިވާކަމަށްވެސް ނިޔާ ވިދާޅުވިއެވެ. އިބްރާހީމް ވަހީދަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވުމަށް ހިންގެވި ކެމްޕެއިންގެ މެނޭޖަރެވެ.
މިވަގުތު އެމްޑީޕީގެ ޗެއަރޕާސަން ނައިބް އިދާރީގެ ގޮތުގައި އަލީ ނިޔާޒު ހުންނެވިއިރު ޗެއާޕާސަން ނައިބް މާލީގެ މަގާމުގައި ހުންނެވީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަބްދުﷲއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައިކަމަށަވެެ. މިއިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށްވެސް އެމްޑީޕީން ބުންޏެވެެ.
މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން އެދިފައިވެއެވެ.

ޗެއާޕާސަަން ނައިބު މާާލީ ކަމުގަ 3 އަހަރު އަދި އިދާރީ ކަމުގަ 5 އަހަރު ހަމަވުމުން އިތުރު ދައުރަކަށް ކުރިމަތިނުލާ ޗެއާރޕާސަން އިދާރީގެ މަޤާމަށް އިބްރާހިމް ވަޙީދު @ibreys އަށް ތާއީދު ކުރަން ނިންމައިފިން. އަޅުގަނޑު އަބަދުވެސް ދެމި ހުންނާނީ އެމް.ޑީ.ޕީ ގަ. pic.twitter.com/xAiApiKdIE
— Ali Niyaz 🎈 (@ali_niya) July 19, 2022
މިވަގުތު އެމްޑީޕީގެ ޗެއަރޕާސަން ނައިބް އިދާރީގެ ގޮތުގައި އަލީ ނިޔާޒު ހުންނެވިއިރު ޗެއާޕާސަން ނައިބް މާލީގެ މަގާމުގައި ހުންނެވީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަބްދުﷲއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައިކަމަށަވެެ. މިއިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށްވެސް އެމްޑީޕީން ބުންޏެވެެ.
މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން އެދިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު