މާލޭގެ ރައްޔިތުންނަށް މާލެއިން ގޯތި ދިނުމާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ސުވާލުތަކެއް އަމާޒު ކުރަށްވައިފިއެވެ.
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ. އެގޮތުން މާލެ ހިމެނޭ ސަރަހައްދުން 5000 ގޯތި ދޫކުރަން ނިއްމާފައިވާ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެކަމާ ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރު ކަން ކުރެއްވި އިބްރާހިމް އިސްމާއިލް ވަނީ އެފަދަ ފަރާތްތަކަށް ދެ ސުވާލު ކުރިމަތިކުރަށްވާފައެވެ.
އެގޮތުން ސަރުކާރުގެ ބަޖެޓުން ބިން ހިއްކި ރަށްރަށުގެ ތެރެއިން އެރަށެއްގެ ރަޖިސްޓްރީގައި ނެތް މީހުންނަށް އާންމުކޮށް ގޯތި ދީއުޅުނީ ކިތަށް ރަށުންތޯ އިބްރާ ވަނީ ސުވާލު ކުރަށްވާފައެވެ. މީގެ އިތުރުން ދަފްތަރެއް އޮންނަނީ މާލެ ނޫން ކިތަށް ރަށުގައިތޯ ވެސް އިބްރާ ސުވާލުކުރެއްވިއެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން މާލެ ސަރަހައްދުން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ ކުރާ ޝަކުވާއެވެ. އިބުރާ ވިދާޅުވި ފަދައިން ރަށްރަށުގެ ބިން ހިއްކަނީ ވެސް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ. އެގޮތަށް ބިއްކާފައިވާ އެއްވެސް ރަށަކުން މާލޭގެ ރައްޔިތުންނަށް ބިން ދީފައެއް ނުވެއެވެ. އަދި މާލެ ނޫން ރަށެއްގައި ދަފުތަރެއް ވެސް އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ހުޅުމާލެ، އަދި ގުޅީފަޅުންނެވެ. ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

Malè meehunah Malè in goachcheh dheegen nuvaaney bunaa meehun bunedheebala sarukaaru budgetun bin hikki kithah rashuntho erashegge rwgistrygai neiy meehunah a'ammukoh goathi dhee ulhenee?
— Maverick Ibra (@ibramandhu) July 19, 2022
Malè noon kon rasheggai tho "dhafthareh" onnanee?
އެގޮތުން ސަރުކާރުގެ ބަޖެޓުން ބިން ހިއްކި ރަށްރަށުގެ ތެރެއިން އެރަށެއްގެ ރަޖިސްޓްރީގައި ނެތް މީހުންނަށް އާންމުކޮށް ގޯތި ދީއުޅުނީ ކިތަށް ރަށުންތޯ އިބްރާ ވަނީ ސުވާލު ކުރަށްވާފައެވެ. މީގެ އިތުރުން ދަފްތަރެއް އޮންނަނީ މާލެ ނޫން ކިތަށް ރަށުގައިތޯ ވެސް އިބްރާ ސުވާލުކުރެއްވިއެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ބައެއް މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން މާލެ ސަރަހައްދުން ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ ކުރާ ޝަކުވާއެވެ. އިބުރާ ވިދާޅުވި ފަދައިން ރަށްރަށުގެ ބިން ހިއްކަނީ ވެސް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ. އެގޮތަށް ބިއްކާފައިވާ އެއްވެސް ރަށަކުން މާލޭގެ ރައްޔިތުންނަށް ބިން ދީފައެއް ނުވެއެވެ. އަދި މާލެ ނޫން ރަށެއްގައި ދަފުތަރެއް ވެސް އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ހުޅުމާލެ، އަދި ގުޅީފަޅުންނެވެ. ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު