އޭޝިއާ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން މިއަދު ދެވަނަ ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖެއަށް މިއަދު ފުރަތަމަ ރަން މެޑަލް ހޯދައިދީފައިވަނީ ބޮޑީ ބިލްޑިން އަޕް 55 ކެޓަގަރީ އިން މުހައްމަދު މޫސާ (މޯޑް) އެވެ. އޭނާ ރަން މެޑަލް ހޯދީ ވިއެޓްނާމް، މިޔަންމާ، އިންޑިއާ އަދި އިރާގުގެ އެތުލީޓުންނާއި ވާދަކޮށެވެ.

ރާއްޖެއަށް މިއަދު ދެވަނަ ރަންމެޑަލް ހޯދައިދިނީ އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީއިން ހުސެއިން ހިމްޔާންއެވެ. ހިމްޔާން މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި މެންސް ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ކެޓަގަރީ އިން ލޯ މެޑަލް ވެސް ހޯދިއެވެ. އެއީ ހިމްޔާން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މެޑަލް ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ރާއްޖެއިން ދެ ރަން މެޑަލް ހޯދާފައިވާއިރު މިހާރު ކުރިޔަށްދާ އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން މިހާތަނަަށް ވަނީ ތިން ރަން މެޑަލް ހޯދާފައެވެ. މީގެ ކުރިން ރާއްޖޭގެ އަޒުނީން ރަޝާދު ރަން މެޑަލް ހޯދީ ސްޕޯޓް ފިޒީކް 170 ސީއެމް ކެޓަގަރީންނެެވެ.



ކިޔުންތެރިންގެ ހިޔާލު