މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ބިލު ފާސްކޮށްފައި ވާތީ އެގާނޫނު އިސްލާހުކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން ލާޒިމުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމަނާފައިވާ މާއްދާއާއެކު އެ ބިލު ތަސްދީގުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަރިހުން ނޫސްވެރިން އެދިފައިވަނިކޮށް އެ ބިލު އެމަނިކުފާނު އިއްޔެ ވަނީ ތަސްދީގުކުރަށްވާފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމަށް އިޝާރަތް ކުރައްވަމުން މޯލްޑިވިސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަހުމަދު އުޝާމް ވިދާޅުވީ މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާއިރު، މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއްކަމަށެވެ. އަދި އެގާނޫނު އިސްލާހުކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމަކީ ކުރީގެ އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަންވެސް ކުރަށްވާފައިވާ ބޭފުޅެކެެވެ.
ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެެ. އެ މާއްދާ މިހާރު އޮތް ގޮތުން ކޯޓުތަކަށް ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް ހާމަކުރުން ވަކިހާލަތު ތަކެއްގައި ލާޒިމުކުރެވިދާނެ އެެވެ.
އެ ބިލް ތަސްދީގުކުރުމުން އެކަން ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 158 ނޫސްވެރިއަކު ސޮއިކޮށް، ޕެޓިޝަން ހުށަހަޅާފައިވަނިކޮށް، ބިލް ތަސްދީގު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތް ކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މަސްދަރު ހިމާޔަތްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާއިރު، މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއް. މިގާނޫނު އިސްލާހުކުރުމަށް ނޫސްވެެރިން ކުރަމުންދާ މަސައްކަތުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނަން. https://t.co/BmVyC7m2t7
— Ahmed Usham (@a_usham) July 18, 2022
ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެެ. އެ މާއްދާ މިހާރު އޮތް ގޮތުން ކޯޓުތަކަށް ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް ހާމަކުރުން ވަކިހާލަތު ތަކެއްގައި ލާޒިމުކުރެވިދާނެ އެެވެ.
އެ ބިލް ތަސްދީގުކުރުމުން އެކަން ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 158 ނޫސްވެރިއަކު ސޮއިކޮށް، ޕެޓިޝަން ހުށަހަޅާފައިވަނިކޮށް، ބިލް ތަސްދީގު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތް ކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު