ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ފުރަތަމަ ސްކޫލް އަންނަމަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.
ޕްރީ ސްކޫލެއްގެ ގޮތުގައި ހުޅުވަން ފުރަތަމަ ނިންމި މި ސްކޫލް އަންނަ ސެޕްޓެމްބަރުމަހު ހުޅުވާނީ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައިކަމަށް ސަރުކާރުން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މި ސްކޫލްގެ ނަން ހާއްސަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރެއްވި އަހުމަދު ކާމިލް ދީދީއަށްކަމަށެވެ. އަދި މިސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6އާ ހަމައަށް ކިޔަވައިދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަންނަ މަހުގެ ހަތަރެއްގައި މި ސްކޫލް ހުޅުވަން ނިންމާފައިވާއިރު ސްކޫލްގެ 50 އަށްވުރެ ގިނަ ވަޒީފާއަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.
މި ސްކޫލްގެ އިތުރުންވެސް ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި އިތުރު ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު