މޮރޮކޯއިން ދިވެހިރާއްޖޭގައި އެ ގައުމުގެ އޮނަނަރީ ކޮންސިއުލޭޓެއް އިއްޔެ ހުޅުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މޮރޮކޯގެ އޮނަނަރީ ކޮންސިއުލޭޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މޮރޮކޯ ސަފީރު މުހައްމަދު މާލިކީ އެވެ.
މިރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮނަނަރީ ކޮންސިއުލޭޓް މެދުވެރިކޮށް އެ ގައުމުން ދިވެހިންނަށް ތިންމަހުގެ އޮން އެރައިވަލް ވިސާ ދޫކުރާ ގޮތަށް ހަމަޖެހިގެން ދާނެއެވެ.
ދިވެހިރާއްޖެ އާއި މޮރޮކޯއިން ހާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ. މި ގުޅުމަށް 34 އަހަރު ވެފައިވާ އިރު މިއީ މޮރޮކޯއިން ރާއްޖެއާއެކު ހާރިޖީ ގުޅުން ގާއިމު ކުރިފަހުން މިހާތަނަށް ރާއްޖޭގައި ހުޅުވި އެ ގައުމުގެ މިފަދަ ފުރަތަމަ ކޮންސިއުލޭޓެވެ.

ކިޔުންތެރިންގެ ހިޔާލު