48 ފަސިންޖަރުންނާއެކު ލ. ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "އަރަފާ އެކްސްޕްރެސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު، މުލި ކަނޑުން 12 ވަރަކަށް މޭލު ބޭރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު 16:44 ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔަކަމަށާއި އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު، އިންޖީނު ހުއްޓުނު ބޯޓުގައި ތިބި 18 ކުޑަކުދިންނާއި 9 އަންހެނުން ވަނީ މިއަދު 18:15 ހާއިރު މ. މުއްޔަށް ގެންގޮސްދީފައި ކަމަށެވެ.
އިންޖީނު ހުއްޓުނު "އަރަފާ އެކްސްޕްރެސް" ބޯޓުގެ އިންޖީނު ފަހުން ރަނގަޅުވެ، އޭގައި ބާކީ ތިބި ފަސިންޖަރުންނާއެކު މ. މުއްޔަށް ވަނުމަށް މިހާރު ދަނީ ދަތުރުކުރަމުން ކަމަށާ މި ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު