ކ. ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ފުލުހުންނަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އެމީހާ ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެ ރަށަށް ގޮސް ހުރި ގއ. ވިލިނގިލި މީހަކު އެ ރަށު 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް ދިއްފުށީގެ ބަޔަކު ނުކުމެ ތުހުމަތު ކުރެވޭ މީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލަ ފެންމަތިވެފައިވަނިކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެ ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރިކަމަށެވެ.
އެގޮތުން އެ ރަށު ސިއްހީ މަރުކަޒު ކައިރިއަށް އެއްވެތިބި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނިކޮށް އެއްވެތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ސަފު ރޫޅާލާ ސިއްހީ މަރުކަޒަށް ވަދެގަނެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ މަރުކަޒުން ކަރަންޓް ވެސް ކަނޑާލައިގެން، ތުހުމަތު ކުރެވުނު މީހާއަށް ހަމަލާ ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ މާލެއިން ސްޕެޝަލް އޮޕަރޭޝަންގެ ޓީމެއް ރަށަށް ގެނެމްގޮސްގެން ކަމަށެވެ. އަދި އަނިޔާ ލިބުނު ކުށުގެ ތުހުމަތު ކުރެވުނު މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށުނު ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި މިހާތަނަށް ހޯދި ހޯދުމުގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާކަމަށާއި އެހެންކަމުން އެ މައްސަލައާއި ފުލުހުންނަށް ހަމަލާދިން މައްސަލައާއި ތުހުމަތު ކުރެވުނު މީހާއަށް ހަމަލާދިން މައްސަލައާއި، ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
ފުލުހުން މިފަދައިން ބަޔާނެއް ނެރެފައި މިވަނީ، އެ މައްސަލާގައި ޖިންސީ ގޯނާކުރި އަމަލު ހިންގި މީހާކަމަށް ތުހުމަތު ކުރާ މީހާއަށް ކުރި އަނިޔާތަކުގެ ވާހަކަ އޭނާ ވީޑިއޯއެއް މެދުވެރިކޮށް ކިޔާދީފައި ވަނިކޮށެވެ. އޭނާގެ އެ ވާހަކަތަކަށްފަހު ގިނަ ބަޔަކު ދަނީ އެފަދަ ލާއިންސާނީ އަމަލެއް ބިންގާފައިވާތި އެކަން ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު