ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް މޮނިޓަރ ކުރުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙު މިހެން ވިދާޅުވީ، ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް މޮނިޓަރ ކުރުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށާއި އެގާބިލްކަން އިތުރު ކުރުމުން މަސްތުވާތަކެތި އެތެރެ ކުރުމާއި ޓެރަރިޒަމްގެ ކުށްތައް ހުއްޓުވޭނެ ކަމަށެވެ.
މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމާއި ރާއްޖޭގައި މަސްތުވާތަކެތި ޓްރާންސިޓްކޮށް އެހެން ގައުމުތަކަށް އެތަކެތި ފޮނުވަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ވެސް އިންތިހާއަށް އިތުރު ކަމަށާއި، ގޮންޖެހުން ކިތަންމެ ބޮޑުނަމަވެސް މަސްތުވާތަކެތީގެ މައްސަލަ އަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ބޭނުންވާ މައްސަލައެއް ކަމަށެވެ.
"އެހެންކަމުން މިކަމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް އެބަ ކުރަން. މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި، ކަސްޓަމްސްގެ ޤާބިލްކަން އިތުރުކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. ރާއްޖޭގެ ބޯޑަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ބަނދަރުތަކުގައި ހުރި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމުގެ ރަނގަޅު ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 180 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު މިއީ އޭގެ ކުރީ ފަސްއަހަރަށްވުރެ 32 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވަނީ މަސްތުވާތަކެތީގެ މުޅި މައްސަލަ ހައްލުކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން ކަން ފާހަަގަކުރަށްވާފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް 2021 ވަނަ އަހަރު ހާއްސަ ބަޖެޓެއް ހަމަޖައްސާފައިވާއިރު އޭގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރު ކުރުމަށް ކަސްޓަމްސްއަށް ވެސް ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓްގައި ކަސްޓަމްސް އޮފިސަރުންނަށް ދަތިވާ ކަންކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓްގެ އާޓާމިނަލްގެ މަސައްކަތް ނިމުމުން ކަސްޓަމްސް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މިރޭގެ ޙަފްލާގައި ކަސްޓަމްސްގެ 6 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން މި ޙަފްލާގައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.

President @ibusolih attends the 132nd anniversary ceremony of Maldives Customs Service pic.twitter.com/lBsDTo7LW8
— The President's Office (@presidencymv) July 18, 2022
ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަންކަމުގެ ރަނގަޅު ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 180 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު މިއީ އޭގެ ކުރީ ފަސްއަހަރަށްވުރެ 32 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވަނީ މަސްތުވާތަކެތީގެ މުޅި މައްސަލަ ހައްލުކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން ކަން ފާހަަގަކުރަށްވާފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް 2021 ވަނަ އަހަރު ހާއްސަ ބަޖެޓެއް ހަމަޖައްސާފައިވާއިރު އޭގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް އިތުރު ކުރުމަށް ކަސްޓަމްސްއަށް ވެސް ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓްގައި ކަސްޓަމްސް އޮފިސަރުންނަށް ދަތިވާ ކަންކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓްގެ އާޓާމިނަލްގެ މަސައްކަތް ނިމުމުން ކަސްޓަމްސް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މިރޭގެ ޙަފްލާގައި ކަސްޓަމްސްގެ 6 އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ އެމަނިކުފާނު ވަނީ ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން މި ޙަފްލާގައި ވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ޚިދުމަތް ފެށިފައި ވަނީ 18 ޖުލައި 1890ގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ، ދައުލަތުގެ މުއައްސަސާއެކެވެ.
ކިޔުންތެރިންގެ ހިޔާލު