އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ސަލަފުގެ އިލްމުވެރިންގެ މެދުގައި އަރައިރުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އަދާލަފު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ ސަލަފް ޖަމިއްޔާގެ އިލްމުވެރިންނަށް މާތްﷲ ހެޔޮ ރަހުމަތް ލެއްވުން އެދޭކަމަށެވެ. އަދި މިހުތޫރަތްތެރި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ އިލްމުވެރިންނާއި ސަލަފް ޖަމިއްޔާގެ އިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރިންނަށް ނަފްރަތު ކުރާ ބަޔަކު ވަރަށް މަސައްކަތް ކުރާކަމަށް އިމްރާން ވިދާޅުވިއެެވެ.
އިލްމުވެރިން އެފުރުސަތު ނުދެއްވުމަށް މިނިސްޓަރު އިމްރާން ވަނީ އިލްތިމާސްކުރަށްވާފައެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާއި އައްޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށް އެދެބޭފުޅުންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް ބާތިލްކޮށް ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާތީ ސަލަފް ޖަމިއްޔާގެ އިލްމްވެރިންނާއި ވެރިންނާއި އެހެން ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަދާލަތު ޕާޓީ އާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ދާދިފަހުން ޖަމިއްޔަތުލް ސަލަފުގެ ދީނީ އިލްމްވެރިޔާ ޝެއިޚް އަޙްމަދު ސަމީރު ވިދާޅުވީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިޔަކު ހުރެ، ޝެއިޚުންތަކެއް ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ ހުތުރުކަން ބޮޑު ކަމެއް ކަމަށެވެ. ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް، ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަލަފުގެ އިލްމުވެރީންނާއި އިމްރާންގެ އަރިސް ބޭފުޅުންނާއި އަދާލަތުގެ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ދާދިފަހުން ވަނީ ބަދަލުކޮށްފަައެެވެ. އެގޮތުން އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަނީ ސަލަފުގެ އިލްމުވެރީންނަަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އޭގެކުރިން އަދާލަތު ޕާޓީގެ ތަސައްވުރު ރީތި ކުރެއްވުމަށް އިމްރާން ކުރެއްވި ޓުވީޓްގެ ސަބަބުން ގިނަ އަދަދެއްގެ އިލްމްވެރިންނާއި އާންމުންގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

Salaf jamiyyage ilmuverinnah maaiy Allah heyo rahumaiy lahvaashi.mi khuthooraiy theri dhandivalhugai Adhaalath party ge ilmuvrinna salaf ilmuveringe medhugai arairun ufehdhumah ilmuverinnah nafurath kuraa bayaku v masahkaiy kurey,ilmuverin e furusathu nudhehvumah ilthimaas kuran.
— Imran Abdulla (@ShimranAb) July 18, 2022
އިލްމުވެރިން އެފުރުސަތު ނުދެއްވުމަށް މިނިސްޓަރު އިމްރާން ވަނީ އިލްތިމާސްކުރަށްވާފައެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާއި އައްޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށް އެދެބޭފުޅުންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް ބާތިލްކޮށް ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާތީ ސަލަފް ޖަމިއްޔާގެ އިލްމްވެރިންނާއި ވެރިންނާއި އެހެން ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަދާލަތު ޕާޓީ އާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ދާދިފަހުން ޖަމިއްޔަތުލް ސަލަފުގެ ދީނީ އިލްމްވެރިޔާ ޝެއިޚް އަޙްމަދު ސަމީރު ވިދާޅުވީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިޔަކު ހުރެ، ޝެއިޚުންތަކެއް ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ ހުތުރުކަން ބޮޑު ކަމެއް ކަމަށެވެ. ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް، ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަލަފުގެ އިލްމުވެރީންނާއި އިމްރާންގެ އަރިސް ބޭފުޅުންނާއި އަދާލަތުގެ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ދާދިފަހުން ވަނީ ބަދަލުކޮށްފަައެެވެ. އެގޮތުން އަދާލަތުގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަނީ ސަލަފުގެ އިލްމުވެރީންނަަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އޭގެކުރިން އަދާލަތު ޕާޓީގެ ތަސައްވުރު ރީތި ކުރެއްވުމަށް އިމްރާން ކުރެއްވި ޓުވީޓްގެ ސަބަބުން ގިނަ އަދަދެއްގެ އިލްމްވެރިންނާއި އާންމުންގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު