މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމަކީ މީޑިއާގެ މިނިވަން ކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅަައި އެ ހައްގު ހަނިކުރުމަށް ހިންގި އަމަލެއް ކަމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލު ރައީސް ސާލިޙު މިއަދު ވަނީ ތަސްދީގު ކުރަށްވާފައެވެ. އެކަމާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުުރުވޭ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށް އޭގައިވާ ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތި، ރައީސް ސޯލިހް މިއަދު އެ ގާނޫނު ތަސްދީގުކޮށްފައިވާތީ އެމްޖޭއޭ އިން އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި މިއީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަން ކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅަައި އެ ހައްގު ހަނިކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތް ކަން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"އަދި ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައިވެސް މި ޖަމިއްޔާއިން ފާހަގަކޮށް އެކަމާ ހިތާމަ ކުރަމެވެ،" އެމްޖޭއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް އެ ޖަމިއްޔާއިން ނޫސްވެރީންގެ ހައްގުގައި ކުރަމުން އައި މަަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީން ކަން އެމްޖޭއޭ އިން ވަނީ ދީފައެވެ.
މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރައީސް ސޯލިހް ވައުދެކެެވެ.

ކިޔުންތެރިންގެ ހިޔާލު