އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ކަމަށަވެެ. މިއިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށްވެސް އެމްޑީޕީން ބުންޏެވެެ.
މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު