ކޯލިޝަން ހަދައިގެން ގައުމު އަޅުވެތިކުރަން ފުރުސަތު ދީގެން ނުވާނެ ކަަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާ ވެރިކަމަށް އާދެވޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ޢަބްދުﷲ ރިޔާޟް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ ކޯލިޝަން ހަދައިގެން ދައުލަތުގެތެރެއިން މަގާމުތަކާ ،މުއައްސަސާތަކާ، އިންސްޓިޓިއުޝަންތަކާ، ޕްރޮޖެކްޓްތަކާ، ލޯނުތަކާ، ގެރެންޓީތަކާ، ފަޅުތަކާ، ރަށްތައް ދެމުންގޮސް ގައުމުއަޅުވެތިކޮށް، ބިކަކޮށް، ބަހާ ހުސްކޮށްފި ކަމަށެވެ. ދެން އެފުރުސަތު ދީގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު 2008 ވަަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވާ ހުރިހާ ރިޔާސީ އިންތިޚާބެއް ވެސް ކާމިޔާބުކުރަނީ ކޯލިޝަނަކާއިއެކުކަން ފާހަގަކޮށްލެވެއެވެ. އެއީ ވެރިކަމަށް ކުރިމަތިލާ ބޭފުޅަކު ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 50 އިންސައްތައަށް ވުރެ މަތިން ހޯދަންޖެހޭތީ އާއި އެއަދަދަށް ވޯޓް ހަމައެކަނި އެއް ޕާޓީއަކަށް ނުލިބޭތީއެވެ.
ކޯލިޝަނަކީ ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމަކަށް ނުވާތި ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް ވެރިކަން ހިންގަނީ ސަރުކާރުން ޕާޓީ ތަކަށް ބައި އަޅައިގެންނެވެ.
އަންނަ ރިޔާސީ އިންތިޚާބު ވެސް ކޯލިޝަނާއެކު ނިކުމެ ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ސާލިޙު ވެސް ވަނީ ވިދާޅުވެފައެވެ.

ކޯލިޝަން ހަދައިގެން ފަރުދުންނަށް ދައުލަތުގެ ތެރެއިން މަގާމުތަކާ،މުއައްސަސާތަކާ،އިންސްޓިޓިއުޝަންތަކާ، ޕްރޮޖެކްޓްތަކާ،ލޯނުތަކާ،ގެރެންޓީތަކާ، ފަޅުތަކާ، ރަށްތަށް ދެމުންގޮސް ގައުމުވަނީ އަޅުވެތިކޮށް، ބިކަކޮށް، ބަހާ ހުސްކޮށްފައި، ދެން އެފުރުސަތު ދީގެން ނުވާނެhttps://t.co/ZVfgDWhDAT
— Ahmed Shareef (@shar_f) July 18, 2022
ޝަރީފް މިހެން ވިދާޅުވެފައިވާއިރު 2008 ވަަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވާ ހުރިހާ ރިޔާސީ އިންތިޚާބެއް ވެސް ކާމިޔާބުކުރަނީ ކޯލިޝަނަކާއިއެކުކަން ފާހަގަކޮށްލެވެއެވެ. އެއީ ވެރިކަމަށް ކުރިމަތިލާ ބޭފުޅަކު ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 50 އިންސައްތައަށް ވުރެ މަތިން ހޯދަންޖެހޭތީ އާއި އެއަދަދަށް ވޯޓް ހަމައެކަނި އެއް ޕާޓީއަކަށް ނުލިބޭތީއެވެ.
ކޯލިޝަނަކީ ރާއްޖޭގެ ގާނޫނު އަސާސީ ދަންނަ ކަމަކަށް ނުވާތި ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް ވެރިކަން ހިންގަނީ ސަރުކާރުން ޕާޓީ ތަކަށް ބައި އަޅައިގެންނެވެ.
އަންނަ ރިޔާސީ އިންތިޚާބު ވެސް ކޯލިޝަނާއެކު ނިކުމެ ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ސާލިޙު ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު