ރ. އިނގުރައިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ އެ ނިޒާމުގައި ގާއިމު ކުރި ސިސްޓަމްތައް ޓެސްޓްކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އިނގުރައިދޫގެ ފެނާއި ނަރުދަމާ ސިސްޓަމް ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 30 އިން ފެށިގެން މި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އަލްޓެކް މޯލްޑިވްސް އާއި ހަވާލު ކޮށްގެން އިނގުރައިދޫގައި ގާއިމުކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާ އެއްގޮތަށް އާރްއޯ ސިސްޓަމަށް ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވޭ ނިޒާމެކެވެ.



މި ނިޒާމުގެ ދަށުން ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށްފައެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި 10.91 ކިލޯމީޓަރުގެ ފެނުގެ އަދި 11.11 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އެއްވެސް ގާއިމުކޮށްފައިވެއެވެ.

އާބާދީގައި ދެހާހެއްހާ މީހުން ދިރިއުޅޭ އިނގުރައިދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ ބޮޑު ރަށެއް ނަމަވެސް ނަރުދަމާގެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމު ކުރެވިފައި ނެތް ރަށެކެވެ.



ކިޔުންތެރިންގެ ހިޔާލު