މިދޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ދައުލަތަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ވަނީ 13.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.
ފުރަތަމަ 6 މަސް ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. މިގޮތުން ޖީއެސްޓީން 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީޖީއެސްޓީން 3.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ބީޕީޓީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެ މުއްދަތުގައި ލިބުނު އެހެނިހެން އާމްދަނީއަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 541 މިލިއަން ރުފިޔާ، އެކި ފީގެ ގޮތުގައި 968 މިލިއަން ރުފިޔާ، އެކިއެކި ބިމު ކުލީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފުރަތަމަ 6 މަސް ދުވަހުގެ ހަރަދުތަކަށް ބަލާއިރު ފުރަތަމަ 6 މަސްދުވަހު 17 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ޚަރަދުކުރި 13.5 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކުރި 4.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު