ކ. ދިއްފުށްޓަކީ އަނިޔާވެރިކަމުން ހައްދު ފަހަނަ އަޅާފައި އޮތް ރަށެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރަން ފަށައިފިއެވެ.
ދިއްފުއްޓާމެދު ގިނަ ބަޔަކު ނުރުުހުން ފާޅުކޮށް، ފާޑު ކިޔަން ފަށާފައި މިވަނީ އީދު ފާހަގަކުރުމަށް އެ ރަށަށް ދިޔަ މީހަކަށް އެއްވެސް ސަބަބެއް ނެތި ދިން އަނިޔާތަކެއްގެ ސަބަބުންނެވެ.
ދިއްފުށީގައި ހިނގި މި ހާދިސާގައި އަނިޔާކޮށްފައި ވަނީ ގއ.ވިލިނގިއްޔަށް ނިސްބަތްވާ ޒުވާނަކަށެވެ. އާއިލާއާ އެއްކޮށް ދިއްފުށްޓަށް ޗުއްޓީއަށް ދިޔަ އެ ޒުވާނާއަށް އަނިޔާކުރީ ކުޑަ ކުއްޖަކާއި ބެހުނުކަމަށް ބުނެއެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ބަރަހަނާކުރުމަށްފަހުއެވެ.
އަނިޔާ ލިބުނު މީހާ ބުނި ގޮތުގައި އޭނާއަށް އެތައް ބަޔަކު ވެގެން އަނިޔާ ދެމުންދިޔައިރުވެސް ދިއްފުށި އެތައް ބަޔަކާއި ފުލުހުން ތިބީ ބަލަން ކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތް ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން މި އަމަލު ހިންގުމުގައި ފުލުހުންގެ ބައިވެރިވުން އޮތްކަމަށްވެސް ތުހުމަތުކުރެއެވެ.
މިމައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އެގޮތުން ދިއްފުއްޓަކީ އަނިޔާވެރި ބައެއް އުޅޭ ރަށެއްކަމަށާއި، އެކަމުގެ ތާރީހެއް އެރަށުގައި އޮންނަކަމަށް ބައެއް މީހުން ބުންޏެވެ.
ބައެއް މީހުން ބުނީ އެއީ އެއްވެސް ވަރަކަށް ގާނޫނު ހިނގާ ރަށެއް ނޫންކަމަށެވެ.
ދިއްފުށީގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ. ސިޔާސީ އެއްވުންތައް ހުއްޓަން ފޯރިއާއެކު މަސައްކަތް ކުރިނަމަވެސް އާއްމު ގޮތެއްގައި ފުލުހުންނަކީ މިކަހަލަ ކަންކަމުގައި ވަރަށް ނެގި މަޑު ބައެއްކަން ވިނަ ބަޔަކު ފާހަގަކުރެއެވެ.

Eid bandhah Dhiffutah aaila ekkoh dhiya GA viligili zuvaanehge boluga dhogu thuhumatheh alhuvaafa Havarah aruvaalun. #VISITDHIFFUSHI #LocalTourism #barbaricdhiffushi #lawlessdhiffushi 14th july 2022 pic.twitter.com/PUKsrnKdHU
— ALI SHAN (SATTO) (@SatoMexicanox) July 17, 2022
މިމައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އެގޮތުން ދިއްފުއްޓަކީ އަނިޔާވެރި ބައެއް އުޅޭ ރަށެއްކަމަށާއި، އެކަމުގެ ތާރީހެއް އެރަށުގައި އޮންނަކަމަށް ބައެއް މީހުން ބުންޏެވެ.
އަހަންނަށް ދިއްފުށި ސިފަވަނީ އެމޭޒަން ޖަންގަލީގަ އުޅޭ އިންސާނީ ހަޟާރަތާ ބީރައްޓެހި ޓްރައިބެއްގެ ގޮތުގަ. މިއީ ދިވެހި ފުލުހުންގެ ބާރުވެސް ނުހިނގާ ތަނެއް.
— Dhahbooru 🇦🇿 🇲🇻 (@ahmmadhu) July 17, 2022
ބައެއް މީހުން ބުނީ އެއީ އެއްވެސް ވަރަކަށް ގާނޫނު ހިނގާ ރަށެއް ނޫންކަމަށެވެ.
dhiffushi meehunnake gunda hedhigen ulheybae male atholhuga
— Adhurey Abdulla (@AbdullaAdhurey) July 18, 2022
ދިއްފުށީގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދީ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ. ސިޔާސީ އެއްވުންތައް ހުއްޓަން ފޯރިއާއެކު މަސައްކަތް ކުރިނަމަވެސް އާއްމު ގޮތެއްގައި ފުލުހުންނަކީ މިކަހަލަ ކަންކަމުގައި ވަރަށް ނެގި މަޑު ބައެއްކަން ވިނަ ބަޔަކު ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު