އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކޮށްފައިވާތީ ސަރުކާރަށާއި މިނިސްޓަރު އިމްރާނަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އިމްރާން މިރޭ ވިދާޅުވީ، އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާވާނެ ކަމަށާއި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާވާނެ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ މީހުންގެ ދުއާއިން ރައްކާތެރިވުމަށް އަބަދުވެސް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، އެ މައްސަލާގައި އިމްރާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅަކީ ޝެއިޚް އަޙްމަދު ސަމީރެވެ. އޭނާ ވިދާޅުވެފައިވަނީ، ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް، ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ.



ޝައިހް ސަމީރު އެފަދައިން ރައްދު ދެއްވާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. އިމްރާންގެ އެ ޓްވީޓާއި ގުޅިގެން އަދާލަތު ޕާޓީއަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު