އަހުމަދު މަސްނޫމް   17 ޖުލައި 2022 - 21:11
މާލޭ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް)ގެ ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު 17:30 އިން ފެށިގެން ބޮޑުތަކުރުފާނުމަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ޕަންޕު ބަހައްޓައިގެން އެފްއާރުއެސްގެ ސިފައިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް އެފްއާރުއެސްގެ ސިފައިން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.



ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ. އެހެންކަމުން ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު