ދަތުރު ދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގދ. ކޮޑަގަލާއަށް ދަތުރުގޮސް އުޅުނު ބަޔަކު، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި އެރަށަށް ދަތުރު ދިޔަ 8 ކުޑަކުދިންނާއި، 5 އަންހެނުންނާއި، 4 ފިރިހެނުން އެމްއެންޑީއެފް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި މިއަދު 16:55 ހާއިރު ގދ.ގައްދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އޭގެތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނީ، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު