ސަރުކާރުން ފަތުރުވެރިކަމާއި ގުޅޭ ކަންކަމުގައި ކުރިއަށްދާނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ އަޑު އަހައިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ މަޓީން އިންތިޒާމުކުރި، ފަތުރުވެރިކަމުގެ ރަން ޔޫބީލް އެވޯޑް ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި މަޓީގެ ބާނީންގެ މަސައްކަތަށް އަލި އަޅުއްވާލައްވައި ވިދާޅުވީ އެ ބޭފުޅުންނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުންކަމަށާއި މުޅި ދުނިޔޭގައި ފާހަގަކުރެވޭ ތަނަކަށް، މި ދިވެހިރާއްޖެ ބަދަލުކޮށްލެއްވީ އެ ބޭފުޅުންކަމަށެވެ.
"ޚާއްޞަކޮށް، މީގެ 50 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން މިތަނުގައި އެބަ ތިއްބެވި. އެ ހަތަރު ބޭފުޅުން ކަމަށްވާ، މުޙައްމަދު ޢުމަރު މަނިކާއި، މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި، ޗަމްޕާ ޙުސައިން ޢަފީފަށާއި އަދި އިޓަލީ ވިލާތުގެ މިސްޓަރ ޖޯޖް ކޯބިންއަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަޤާމު މިގޮތުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުންގެ ވަރުގަދަ ޢަޒުމާއި ކުރެއްވި ބުރަ މަސައްކަތުންކަމަށެވެ. އަދި ސަރުކާރުން ކުރިއަށްދަނީ އެ ބޭފުޅުންގެ ލަފާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރު މިއޮތީ ތިޔަ ބޭފުޅުންގެ އަޑު އަހަން. މި ޞިނާޢަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި، ތިޔަ ބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ. އަޅުގަނޑުމެން ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ އަޑު އަހައިގެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭއިރު އެކަން އޮތީ ވަރަށް ގިނަ ކަންކަމާއި ގުޅިފައިކަމަށެވެ.
"ހަޤީޤަތުގައި އަޅުގަނޑުމެން މިއަދު މި ފާހަގަކުރަމުން ދަނީ، ހަމައެކަނި ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތެއް ނޫން. އެއަށްވުރެ މާ ބޮޑު މުނާސަބަތެއް. އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގެ މުޅި ތާރީޚުގައި، ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު. މި ފާހަގަކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި 50 އަހަރު. ތަރައްޤީއާ މެދު ވިސްނާ ވިސްނުންވެސް ބަދަލުކޮށްލި 50 އަހަރު." ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންކަމަށެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ސްޓްރާޓާ އުޞޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން މިހާރު ވާނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމަނާފައި. މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ޚާއްޞަކޮށްފައިވާ ޕްރޮޑަކްޓްތަކެއް. މީގެ އިތުރުންވެސް، މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައިބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުކުރުންކަމަށެވެ. އަދި މިހާރު ހަދަމުންދާ ޓަރމިނަލްގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށާއި އޭގެ އިތުރުން، އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއަރޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރި މިހާރު އޮތީ ވަރަށް ވާދަވެރި މާޙައުލެއްގައިކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރިކަމަށެވެ. އަދި މި ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓުންކަން ރައީސް ފާހަގަކުރެއްވިއެވެ.
"ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، މި ވެށީގެ ޞުލްޙަވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި. ފުރިހަމަ މެހްމާންދާރީން. ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަން. ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަން. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހޭ." ރައީސް ވިދާޅުވިއެވެެ.
ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ހަފްލާ ބާއްވާފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު، ކުރުނބާ މޯލްޑިވްސްގައެވެ.

ކިޔުންތެރިންގެ ހިޔާލު