އެމްޑީޕީގެ ތެރޭގައި އޮންނަ އެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދާއި ރައީސް ސާލިހަށް ހަޑިހުތުރު ބަހުން މުހާތަބުކުރުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ 2 ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދާއި ރައީސް ސާލިހަށް މުހާތަބުކޮށް ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކުރާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ރައީސް ނަޝީދާއި ރައީސް ސާލިހަށް "އައުގުރާނަ" ގޮވަން ފުރުސަތު ދީގެން ތިބުމަކީ ބައިބައިވުމަށް ދެވޭ ފުރުސަތެއްކަމަށެވެ.

ނިހާދު ވިދާޅުވީ އެފަދަ ކަންކަމުން ދުރުހެލިވެ އެއްބައިވަންތަވާންޖެހޭ ކަމަށެވެ. އެހެންނޫނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން އެކަން ކުރުމަށް ނިހާދު ގޮވާލެއްވިއެވެ.



އެމްޑީޕީގެ ތެރޭގައި 2 ފެކްޝަން އުފެދިފައިވާއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި އުފެދިފައިވާ ފެކްޝަން ތަކެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ރައީސް ސާލިހާއި ރައީސް ނަޝީދު ފާޅުކުރައްވާފައިވާއިރު، އެކަމުގައި އަމަލުކުރާނެ ގޮތަކާމެދު ކުރިއަށް އޮތް ކޮންގްރެސްގެ ތެރެއިން ގޮތްތަކެއް ނިމިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު