މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން އެންމެ ދެކުނުން އައްޑު އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާކަމަށެވެ. އެގޮތުން މިއަދު ހެނދުނު 11 އިން ފެށިގެން ހަވީރު 5 ޖެހުމާ ހަމަޔަށް މުޅިރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މޫސުން ގޯސްވެ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މިއަދު ހެނދުނު 0830ހާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ހުޅަނގުން ބޯވިއްސާރަވިލާ އުފެދި އަތޮޅުތަކު މައްޗަށް އަރަމުން ދިޔަގޮތް.
— Maldives Meteorology (@MetMaldives) July 17, 2022
އެންމެ ފަހުގެ މޫސުމީ މައުލޫމާތު ބެއްލެވުމަށް މެޓް އޮފީހުގެ ވައިބަރ ގުރޫޕް އަދި 'މޫސުން' އެޕް ބޭނުންކުރައްވާ. pic.twitter.com/Zv4KTZOC7V
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މޫސުން ގޯސްވެ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު