ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފި އެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މެޓްރިކްސް މޯޑް ވަނީ އެޕާޓީން ވަކިވެވަޑައިގެން ފަހުން މީގެ ކުރިން ޕީޕީއެމަށް ސޮއިކުރަށްވާފައެެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ މަސައްކަތްކުރެއްވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ފަހަރަށް ވާދަކުރެއްވި ނަމަވެސް އޭނާ އަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފަައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 30، 2013 ގައި ޕީޕީއެމަށް ސޮއިކުރުމަށް ފަހު މޯޑް ވަނީ އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިސް މަގާމެއް ގިނަ ދުވަސްތަކެއް ވަންދެން އަދާކުރަށްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު